Thursday, April 9, 2009

އާ ރައީސްވެސް ބާ ރައީސް ގޮތައް "މަޝްހޫރުކަމަށް" ކާލިއަޅަނީބާ؟

ރައްޓެއްސަކު ބުނީ ކުރީގެ ރައީސްގެ ފަރާތުން އެންމެފާހަގަކޮއްލެވޭ ކަމަކަށް ހަދާން ހުންނަނީ ފެންއިސްކުބަރިއެއް އިފްތިތާހް ކޮއްދިންވާހަކައެވެ. އަދި މީގެ އިތުރުން އަވަސް އަވަހަށް ބޭރުޤަޢުމުތަކަށް ވަޑައިގެން ފޯރަމްތަކުގައި ތަޤްރީރް ކުރެއްވުމަށްފަހު ރާއްޖެވަޑައިގެން ބޭރުޤައުމުތަކުން ރާއީސަށް ކުރި ތާރީފުގެ ވާހަތަކަކީ އަހަރެމެން ބޮޑަތިވެގެން އައިއިރު މުޅި ނޫސްތަކާއި ޓީވީ ފުރާލައިފައިވާ ވާހަކަތަކެވެ. އޭރު އަހަރެމެން ހިތައްއަރަނީ ރާއީސް މޮޅުކަމާއި ބޭރުޤައުމުތަކުގައި މަޝްހޫރުކަމުން ރާއްޖެއަށް ވަރަށް މަންފާވާނެކަމަށެވެ. އޭރުގެ ހަރުކުލަގެ މީހުންބުނާގޮތުގައި ކުރީގެ ރައީސް ނެއްދުނިޔެއެއްގައި ރާއްޖޭގެ މީހުންނަށް ހަދާނެގޮތެއްވެސް ނެގޭނެއެވެ

ކޮންމެއެކަސް މިހާރު ވެރިކަން ބަދަލްވެ (ބިތުގެ ފަންގިގަޑު ނެގި) ވާނުވާ ކުޑަކޮށް ބަލާލުމުން މިއިގެނީ ކުރީގެރައީސް ބޭރުޤައުމުތަކުން މެޑެލްތަކާއި މަޝްހޫރުކަން ހޯދަމުން ދިޔައިރު ރާއްޖެއާއި މެދު މާބޮޑު އަޅާލުމެއްނެތްކަމެވެ. ޒުވާނުން ޑުރަގަށް ގެބުނީއެވެ، މާރާމާރީ އިތުރުވީއެވެ، ޤައުމީ އުފެއްދުންތެރިކަން ހަމައެކަނި ޓޫރިޒަމަށް ގޮސް ނިމުނީ އެވެ، ތަޢުލީމީ ނިޒާމު ފެންވަރުދައް ސިލަބަސްތަކަށް ބަދަލްކުރީއެވެ، ރާއްޖެ އާއި ބޭރުގެ މުސްސަދިންނަށް (ހިލޭ) ޤަޢުމުގެ ރީތިކަން ދިނީއެވެ؛ މިއީ ހަމަ ފާހަކޮށްލަންޖެހޭ ބައެއް ކިއްސަރުންނައްޓާލާފާ ހުރި ކަންތައްތަކެވެ

އާދެ! ދެން ބާ ރައީސްގެ ވާހަކަ ދައްކާނެކަމެއް ނެތެވެ، އާ ރައީސް ވެރިކަމަށް އައީ މިކަންތައްތައް ރަގަޅުކޮށް ހޮޔޮވެރިކަމެއް ކުރުމައްތާއެވެ! ނަމަވެސް މިހުރިހާ ކަމެއްމިގޮތައް އޮތްއިރުވެސް މިހާރުމިފެންނީ އާ ރައީސްވެސް ބޭރުޤައުމުތަކުގައި ހަމަ މަޝްހޫރުވާހަކައެވެ

ޔުނިވަރސިޓީތައް ހުޅުވާވާހަކައެވެ؛ ރާނިން ކާރީގައި ކުރުނީސް ކުރާވާހަކައެވެ؛ ގަޑުވަރުކޮޅުތަކުގައި ނިދާވާހަކައެވެ؛ ކާބަން ނިއުޓުރަލް ކުރާވާހަކަޔާއި އަދި ބޭރުޤައުމުތަކުން މިކަމަށް މަރުހަބާ ކިއާވާހަކައެވެ! ކޮންމެއަކަސް އިގޭހާވެސް ކަމަކީ ބޭރުން އިންވެސްޓަރުން ހޯދުމުގެ ނަމުގައި ވަރަށް ދަތުރުތައް އަޅާކަމެވެ. ބޭރުގެ ޤައުމުތަކުން ލާރިކޮޅު ކޮޅުވެސް ދޭޔޯލައެވެ. އެކަމަކު ލާރިކޮޅު ދީފައި ރައްޔިތުންގެ އަގަމަތީގާ ޓޭޕްއެޅުމަށް ބުނާކަމަށްވެއެވެ. މިގޮތުން އިންޑިއާގެ ބަޑި ބޯއްޓަކުން އަރާ ރާއްޖޭގެ މަސްދޯންޏަކަށް ބޭނުން އެއްޗެއް ހެދިއިރު ގޯސްވީ މަސްވެރިންނެވެ. ރައީސްގެ މަޝްހޫރުކަން ބޭރުގައި ގެއްލިދާނެތީ ހަމަ ސިފައިންނައްވެސް ބޫނާނެ އެއްޗެއް ނޭގުނޯލައެވެ

ކޮންމެ އަކަސް އާ ރައީސް ވެސް ބާ ރައީސް ކާރިން ދަސްކުރިލެއްވަރަށް އަވަހެވެ. އާ ރައީސްވެސް ރައްޔިތުންނަށްވުރެ ބޭރުގެ ރުހުމާއި ލޯބި ބޭނުމޭ ބުނާ އަޑުއިވެއެވެ، ވާނީވެސް އެހެންނެވެ، އާ ރާއީސް ބުނަނީ މި އާ ބަދަލަކީވެސް ޖަރުމަނުފަދަ ގައުމުތަކުން ކުރި ހިތްވަރަކުން ރާއްޖެއައް އާ ބަދަލެކޯލައެވެ... ދެންފެންނީ... ކާބަން ޑީ ސެލަރޭޝަންގެ އަޑެވެ... ރައީސަށް ތަހުނިޔާއެވެ... މައްޝޫރުކަމެވެ... އެކަމަކު ރާއްޖެގައި ހުރި މައްސަލަތައް ފުނިޖެހެނީއެވެ... ފަހަރެއްގައި ރާނީ އަތުން "ހައްލު" ޑޯޒެއް ލިބެނީ ކަންނޭގެއެވެ

4 comments:

  1. Anneh dhivehiraajeyga yoala!!!mee kon raajeh ehtha? minikaa raajetha? Hama heevanee Jinnieh hen! ey partey mee fureytha tha?

    ReplyDelete
  2. DONT VOTE MDP CANDIDATES!

    ReplyDelete
  3. I think Nasheed should be resigned because there is no alliance party and he and them are attacking each of their policies. The ultimate truth is no ordinary citizens know whats the future holds! PLEASE Nasheed resign now and leave the country and get a permanent resident from UK and thats your HOME...SWEET HOME! I supported this guy but now I HATE HIM FROM MY GUT! I HATE U AND YOUR CURRY PARTY NOW!

    ReplyDelete
  4. aa beru "toh" "toh" ..baa beru "dan" "dan"

    ReplyDelete